ނުރައްކާތެރިކޮށް ބުރިޖު މަތިން ސައިކަލު ދުއްވި މީހެއްގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
Advertisement
އަދި މި މައްސަލަމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ވަނީ އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި އޭނާ ޖޫރިމަނާވެސް ކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



