ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 1،000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ.
މި އައު ޖެންސެޓް އެ ރަށަށް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2،720 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދެވުނު ޖެންސެޓާއެކު އެ ރަށުގައި ކަރަންޓު އުފައްދާ މިންވަރު 3،350 ކިލޯވޮޓަށް އިތުރުވެގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން އިތުރަށް ބުނީ މި ޖަނަރޭޓަރު އިންސްޓޯލްކޮށް، ބޭނުންކުރަން ފެށުމުން ހޯރަފުށީގެ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މެދުކެނޑުމެއްނެތި އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ފެނަކައިން ބުނީ ރަށްރަށުގެ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކޮށް، އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.



