ހދ. ހަނިމާދޫގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ޚިދުމަތް ހަރުދަނާކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.
ފެނަކައިން ބުނީ މި އައު ޖެންސެޓް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ ރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
މި އައު ޖެންސެޓް ގެންދިއުމުގެ ކުރިން ހަނިމާދޫ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 3500 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދިޔަ 1200 ކިލޯވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް، ބޭނުންކުރަން ފެށުމާއެކު، އެ ރަށުގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 4400 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.
މި ޖެންސެޓް އޮޕަރޭޝަނަށް ގެނައުމާއެކު، ޕީކް ގަޑިތަކުގައި ދިމާވާ ލޯޑު ބޮޑުވުމުގެ މައްސަލަތަކަށް ހައްލު ލިބި، ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ފުރިހަމަވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.



