ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި ފެނިފައިވަނީ އޮގަސްޓު 21 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
21 އޮގަސްޓް 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
މިތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް pic.twitter.com/RKWD03dNJ6
— Maldives Customs Service (@CustomsMv) August 23, 2026
މިގޮތުން އަތުލައިގެންފައިވަނީ 3،800 ގްރާމްގެ ކެނަބިސް ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.



