Monday, October 12
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.8 ކިލޯގެ ކެނަބިސް އަތުލައިގެންފި

ކަސްޓަމްސް ބިލްޑިންގ - ފޮޓޯ: އަވަސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ފެނިފައިވަނީ އޮގަސްޓު 21 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިގޮތުން އަތުލައިގެންފައިވަނީ 3،800 ގްރާމްގެ ކެނަބިސް ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު