އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ އިޤްތިޞާދީ ހަނގުރާމައާއި އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އެއްވެސް މިންވަރަކަށް ބައިވެރިނުވުމަށް އެދި އީރާނުން އަވަށްޓެރި ޤައުމުތަކަށް ހަރުކަށި އިންޒާރެއް ދީފިއެވެ.
އީރާނުގެ ސެކިއުރިޓީ ޗީފް މުޙްސިން ރިޟާއީ ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާ ކޮންމެ ޤައުމަކީ ދުޝްމަނެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި ބަދަލުހިފުމުގެ ގޮތުން ތެހެރާނުން އެފަދަ ޤައުމުތަކުގެ މަޞްލަޙަތުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
މި އިންޒާރު އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްވުމެއްގައި ވާހަކަދައްކަވަމުން ހޮރްމޫޒް ކަނޑުއޮޅިއަކީ "އެމެރިކާގެ ސަރަޙައްދެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. މީގެއިތުރުން ޓްރަމްޕް ވަނީ އޭނާގެ ޓްރޫތް ސޯޝަލް އެކައުންޓުގައި ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ އައު ސަރަޙައްދެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ޗާޓެއް އަލުން ޕޯސްޓް ކުރައްވާފައެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަދި ސަޢޫދީ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އާދީއްތަ ދުވަހު ޕެރިހުގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ އެޖެންޑާގައި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ހިމެނެއެވެ.
މި ލިޔުން ކިޔާލުމުން



