މާލޭ މަސްމާރުކޭޓު ސަރަހައްދުގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލެ، މަސް މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް ހިންގި މައްސަލައެއް 2026 އޮގަސްޓު 19 ވަނަ ދުވަހުގެ ރޭ 22:08 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
Advertisement
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



