ގދ. ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 18 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި ހެވީފޯސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން އެއްގަމު ތޮށީގެ މަސައްކަތެވެ.
Advertisement
އެ މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ރިވެޓްމެންޓް އަދި ގްރޮއިން ޖެހުމުގެ އިތުުރުން ކޮންކްރީޓް ޖެޓީ އެޅުން ހިމެނޭ ކަމަށެވެ.



