ސަރުކާރުގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކުމަށް ބޭނުންކުރާ ރަސްމީ ޕޯޓަލް، ބަނޑޭރި ޕޭގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ބަނޑޭރި ޕޭ ޕޯޓަލް މިރޭ 8:00 އިން މެންދަމު 3:00 އާ ހަމައަށް މެއިންޓެނަންސްގެ މަސައްކަތަކަށް މެދުކަނޑާލާނެއެވެ.
The BandeyriPay portal will be unavailable due to scheduled maintenance from Friday, 24 July, 8:00 PM until Saturday, 25 July, 3:00 AM.
We apologize for any inconvenience and appreciate your understanding. pic.twitter.com/hBC0ku5ksT
— Ministry of Finance and Public Enterprises (@MoFmv) July 24, 2026
އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މިނިސްޓްރީން ވަނީ މަޢާފަށްވެސް އެދިފައެވެ.
ބަނޑޭރި ޕޭ އަކީ ސަރުކާރަށް ފައިސާ ދެއްކުމުގައި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ޑިޖިޓަލްކޮށް އެ ހިދުމަތް އަވަސްކަމާއެކު ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. މި ޕޯޓަލް ބަލަހައްޓަނީ ފިނޭންސް މިނިސްޓްރީންނެވެ.



