ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތެވެ.
Advertisement
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި އައު ބަނދަރާއި ނެރުފުންކުރުމާއި، ބޭރުތޮށި ޖެހުމާއި، ކީވޯލްޖެހުމާއި، ރިވެޓްމެންޓް ޖެހުމާއި، މޫރިންގ ބްލޮކްސް ހަރުކުރުމާއި، ރޭމްޕެއްލުމުގެ އިތުރުން ޕޭވްމެންޓްލުން އަދި ބަނދަރު ލައިޓްސް ހަރުކުރުން ހިމެނެއެވެ.
ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 47.09 މިލިއަން ރުފިޔާގެ އަގަކަށެވެ.



