ހއ. ދިއްދޫގައި އިމާރާތް ކުރަމުންދާ 75 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ނިމުމަކާ ގާތްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި ދިއްދޫގައި އަޅަމުންދާ ހައުސިންގް ޔުނިޓްގެ 98.55 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ހއ. ދިއްދޫގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢު pic.twitter.com/jJnfooxfc6
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) July 20, 2026
އެހެންކަމުން މިހާރު ކުރިއަށް ދަނީ ރޯ ހައުސްތަކުގެ ބަދިގެއާއި ފާޚާނާ ނިންމުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މި 75 ހައުސިންގ ޔުނިޓަށް ހެދުމަށް 120 މިލިއަން ރުފިޔާއަށް ޙަވާލު ކޮށްފައި ވަނީ އެސް ޖޭ ކޮންސްޓްރަކްޝަނާއިއެވެ. މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2023 ވަނަ އަހަރުއެވެ.



