މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމް.ބީ.އޭ) އިން އެކުލަވާލާ 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރައި-އައުޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެ އެސޯސިއޭޝަނުން މިއަދު ހުޅުވާލައިފިއެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 15 އަހަރުން ދަށުގެ ޤައުމީ ސްކޮޑުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން، އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މި ސްކޮޑަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރައި-އައުޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓް 2 އިން 6 އަށެވެ. ޝައުޤުވެރިވާ ކުޅުންތެރިން ފޯމު ހުށަހެޅުމަށް ބޭނުންކުރާނީ https://eval.mba.org.mv/tryouts/2/apply މި ލިންކެވެ.



