ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 14 ޖުލައި 2026 ވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
Advertisement
މި ހާދިސާގައި މި ކުދިން މަރުކަޒުން ބޭރަށް ނުކުމެ، ރަށު ތެރޭގައި އުޅުނު މީހަކަށް ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.



