ހދ. ކުޅުދުއްފުށި ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 1,200 ކިލޯވޮޓުގެ އައު ޖެންސެޓެއް ރަށަށް ގެންގޮސް ބާލައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޖެންސެޓަކީ ކުޅުދުއްފުށީގެ ކަރަންޓުގެ ވިއުގަ ވަރުގަދަކޮށް، މެދުނުކެނޑި ޚިދުމަތް ދިނުމަށްޓަކައި ގެނެވުނު އިންޖީނެކެވެ.
ކުޅުދުއްފުށީ ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ސިޓީއަށް ބޭނުންވާ 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް މިހާރު ވަނީ އެ ރަށަށް ގެންގޮސް ބާލާފަ. މިއީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު،… pic.twitter.com/RdQSCTXonQ
— Fenaka Corporation Ltd (@TeamFenaka) July 13, 2026
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 2024 އާއި 2026 ވަނަ އަހަރާ ދެމެދު އެ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ގެނައުމަށް ނިންމާފައިވާ ޖެންސެޓްތަކުގެ ތެރެއިން މިހާތަނަށް ގެނެވުނު 5 ވަނަ ޖެންސެޓެވެ.
މި އައު ޖެންސެޓް އިންސްޓޯލްކޮށް، އިންޖީނުގެއާ ގުޅާލުމުން ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުވެ، ކުރިމަތިވަމުންދާ ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.



