ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ގުނުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ އިތުރުން، ހަމަ އެ ރޭގެ ވަގުތެއްގައި 23 އަހަރާއި 24 އަހަރުގެ ދެ ދިވެހި ފިރިހެނުން ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:15 އެހައިކަންހާއިރުއެވެ. ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ޕީއެންސީގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ބަޔަކު އެތަނަށް ވަދެ ވަނީ ސްކޫލަށާއި ސްކޫލުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި އެވަގުތު އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



