މާލޭގެ މާވެޔޮމަގު، އިރުފުހޭގޭ ކައިރިއަށް ފުރިޖެއް ނެރެ ބަހައްޓާފައިވާތީ، އެ އަމަލު ހިންގި ފަރާތް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާވެޔޮމަގު އިރުފުހޭގޭ ކައިރީ ފުރިޖެއް ބެހެއްޓި ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މާވެޔޮމަގު އިރުފުހޭގޭ ކައިރި ބަހައްޓާފައި ހުރި ފްރިޖެއް، މި ބެހެއްޓި ފަރާތެއް ހޯދުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުން
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުއްވައި ދެއްވުން އެދެން،މާލެ… pic.twitter.com/lzHjbLPVYj
— Malé City Council (@MaleCitymv) July 4, 2026
މާލޭގެ މަގުތަކަކީ އެންމެންނަށް އަމާން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، މަގުމައްޗަށް ކުނި އެޅުން ހުއްޓުވުމަށް ކައުންސިލުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުވުމަށް ވަނީ އެދިފައެވެ.
މާލޭގެ މަގުތަކަށް ބޮޑެތި ކުނި ނެރުމުގެ މައްސަލައަކީ ދޭތެރެ ދޭތެރެއިން ކުރިމަތިވާ ގޮންޖެހުމެކެވެ. މިގޮތުން މިދިޔަ ޖޫން މަހުވެސް މައްޗަންގޮޅި އާސަހަރާ ކައިރިއަށް ގޮދަޑިއެއް ނެރުނު މީހަކު ހޯދުމަށް ކައުންސިލުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.


