ދަރިންނަށް ދޭންޖެހޭ ސާބިތު ޚަރަދު ގަވާއިދުން ނުދައްކާ މީހެއްގެ މަޢުލޫމާތު، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކޮށްފިއެވެ.
މިކަމާ ގުޅިގެން ރަސްދޫ ކޯޓުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިއީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރި ކަމެއް ކަމަށެވެ.
Advertisement
ކޯޓުން ވަނަވަރު އާންމުކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު (އައިޑީކާޑު ނަންބަރު: A029996) އެވެ.
ރަސްދޫ ކޯޓުން ކުރި އިޢުލާނުގައިވާ ގޮތުން، ޙަބީބަކީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެކެވެ. މި މައްސަލައަކީ އެ ކޯޓަށް ހުށަހެޅިފައިވާ ނަންބަރު 24/U2C/2025 ޤަޟިއްޔާއާ ގުޅިގެން ހިނގަމުންދާ މައްސަލައެކެވެ.


