ކ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް އޮޔާދިޔަ ފަތުރުވެރިއަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރު، މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
Advertisement
އެގޮތުން ފަތުރުވެރިޔާ ފެނިފައިވަނީ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށް ކަމަށާއި، އޭނާ ކަނޑުމަތިން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު އަނބުރާ ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށެވެ.


