އެމްޕީއެލްއިން ނިމިދިޔަ ހަފުތާގައި 39,000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 21 ޖޫން އިން 27 ޖޫން 2026 އަށް ވިޔަފާރި ބަނދަރުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގެ ހަފުތާގެ ތަފާސްހިސާބުތައް ވަނީ އާންމުކޮށްފައެވެ.
ނިމިދިޔަ ހަފުތާގައި ކޮންޓޭނަރު ބޯޓުފަހަރާއި އާންމު މުދާ އުފުލާ ބޯޓުފަހަރުން ޖުމްލަ 40,859.94 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ:
ކޮންޓޭނަރު މުދާ: 39,721.18 ފްރައިޓް ޓަނު
އާންމު މުދާ: 1,138.76 ފްރައިޓް ޓަނު
އަވަހަށް ހަލާކުވާ ބާވަތްތައް:
ބާޒާރަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ފޯރުކޮށްދިނުމަށްޓަކައި، އަވަހަށް ހަލާކުވާ ޒާތުގެ ޖުމްލަ 32,137 ޕެކޭޖު މި ހަފުތާގައި ވަނީ ކްލިއާކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން އެތެރެކުރެވުނު ބައެއް ބާވަތްތަކަކީ:
ކުކުޅުބިސް: 7,474 ޕެކޭޖް
ފިޔާ: 7,078 ޕެކޭޖް
ކަރާ: 4,785 ޕެކޭޖް
އަލުވި: 2,099 ޕެކޭޖް
ކެބެޖް: 1,969 ޕެކޭޖް
ޓޮމާޓޯ: 1,710 ޕެކޭޖް
ދޮންކެޔޮ: 1,372 ޕެކޭޖް
އެމްޕީއެލްއިން ބުނާގޮތުގައި ބަނދަރުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން 24 ގަޑިއިރު އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.


