މަޖީދީމަގުގައި ހުރި އިމާރާތެއްގައި ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެއްނެތި، އަދި ބަލަންޖެހޭ ވަރަށް ނުބަލައި މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން އިއްޔެ ވަނީ ހިތާމަވެރި ހާދިސާއެއް ހިނގާފައެވެ. މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިހުމާލުގެ ސަބަބުން އެ އިމާރާތުގައި މަސައްކަތް ކުރަން ތިބި ދެ މުވައްޒަފަކު ވަނީ އިމާރާތުން ތިރިއަށް ވެއްޓި، އެކިވަރުގެ އަނިޔާތަކެއް ވެފައެވެ.
މި މައްސަލައާ ގުޅިގެން ކައުންސިލުން ވަނީ މިކަމުގައި އިހުމާލުވި ފަރާތް ހޯދައި، އެފަރާތަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ޖޫރިމަނާވެސް ކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކޮންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި ހުރިހާ މަސައްކަތްތަކެއްވެސް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.




