ފުލުހުންގެ ފަސްޓްލައިން މެނޭޖުމަންޓް ކޯހުގެ 16 ވަނަ ބުރު ފަށައިފިއެވެ.
ފުލުހުން ބުނީ މި ކޯސް މި ފަހަރު ކުރިއަށް ގެންދަނި މާލެ ޕޮލިހުގެ ފުލުހުންނަށް ހާއްސަކޮށްގެން ކަމަށާއި، ޖޫން 13 އިން ފެށިގެން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި މާލެ ޕޮލިހުގެ ދަށުން ހިންގާ އެކި ޑިޕާޓްމަންޓުތަކުން ޖުމުލަ 25 ފުލުހުން ބައިވެރިވާ ކަމަށެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި މާލެ ޕޮލިސް ގުޅިގެން ކުރިއަށްގެންދާ މި ފަސްޓްލައިން މެނޭޖުމަންޓް ކޯހަކީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނާއި ސުޕަވައިޒަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ކޯހުގެ މަގުސަދަކީ، ފުލުހުންގެ ހިދުމަތް އިތުރަށް ކުރިއަރުވައި، ޕްރޮފެޝަނަލް ހިދުމަތެއް ދިނުމަށް ބޭނުންވާ އިލްމާއި، ވިސްނުމާއި ހުނަރު އިތުރުކުރުވުމުގެ އިތުރުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ހަރުދަނާކުރުމާއި ސުޕަވައިޒަރުންގެ ގޮތުގައި މަސައްކަތްކުރާ ފުލުހުންގެ ގާބިލުކަން އިތުރުކުރުމެވެ.




