ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، ރޭ ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، ރޭ 9:26 ހާއިރު ހިނގި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 2 ގެ ހިތިގަސް މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ކަހާލައިގެން ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




