ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ފުލުހުން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މޭ 24 ވަނަ ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު މާފުށީ ޕްރިޒަންއާއި، މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
އަދި މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދާފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމު ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




