އައިޖީއެމްއެޗްގައި އެޑްމިޓްކުރި ގައިދީއަކު ފިލައިގެން އުޅެނިކޮށް ހޯދައިފިއެވެ.
ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، އައި.ޖީ.އެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް 2026 މޭ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.
އަދި މި ހާދިސާއާ ގުޅިގެން، އޭނާ ހޯދުމަށް ކުރި މަސައްކަތުން 2026 މޭ 18 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އެ ޚިދުމަތުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނީ ފުލުހުންގެ ބަންދުން ފިލި މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.




