ހުޅުމާލެ ފަޅު ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ވަރަށް ބޮޑަށް ރޯވެ، އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
އަލިފާން ރޯވެފައިވަނީ ހުޅުމާލެ ފަޅު ބޭރުގައި އޮތް އުޅަނދެއްގައެވެ. އެއީ އެ ސަރަހައްދުގައި އަޅާފައި އޮތް އެމްޕެރޯ އެކްސްޕްލޯރާ ސަފާރީއެވެ.
ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/dTI95y1Beg
— Maldives National Defence Force (@MNDF_Official) May 9, 2026
މި ހާދިސާގައި އެ އުޅަނދުގައި ވަރަށް ބޮޑަށް ރޯވެ، ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާ މަންޒަރު ދުރު ހިސާބުތަކަށްވެސް ދަނީ ފެންނަމުންނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ލިބަިފައިނުވެއެވެ.




