މާފަންނު މަދަރުސާ ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
މިގޮތުން ޚިދުމަތް މެދުކެނޑިފައިވާ މާފަންނު މަދުރަސާ ހިމެނޭ ސަރަހައްދުގެ ބޮޑު ބަޔަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށާއި، ނުދެވިހުރި ކަސްޓަމަރުންނަށް ހިދުމަތް އަނބުރާ ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ވަނީ މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.





