600 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ.
އިމިގްރޭޝަނުން ބުނީ "އެމްއެސް ސެވަން ސީސް މެރައިނަރ" ނަމަކަށް ކިޔާ ކްރޫޒްލައިނާއިން ރާއްޖެ އައި 602 ފަސިންޖަރުންނަށާއި 459 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ.
Seaport Division officers successfully facilitated en-route immigration clearance for 602 passengers and 459 crew members aboard MS Seven Seas Mariner, which arrived today in Malé from Goa. pic.twitter.com/7xHh0A9wMt
— Maldives Immigration (@ImmigrationMV) April 21, 2026
އިންޑިއާގެ ގޯއާއިން ރާއްޖެ އައި މި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އައިސްފައިވަނީ މިއަދެވެ.
ރާއްޖެއަކީ ކްރޫޒްލައިނާތަކުގެ މެދުގައި މަޤުބޫލު މަންޒިލެއް ކަމަށްވާއިރު، މިދިޔަ މާރިޗު މަހުވެސް އިންޑިއާގެ މުމްބާއީން އައި ކްރޫޒްލައިނާއަކުން ރާއްޖެއަށް 609 ފަތުރުވެރިން ވަނީ އައިސްފައެވެ.







