މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމަށް މ. ފަތަޙަ، އަލްފާޟިލް ޙުސެއިން ފަހުމީ ވަނީ މިއަދުން ފެށިގެން އައްޔަނުކޮށްފިއެވެ.
ފަހުމީ އެމަޤާމަށް އައްޔަންކުރެއްވީ މީގެ ކުރިން އެމަޤާމުގައި ހުންނެވި އަބުދުލް މަތީން އެމަޤާމުން މިމަހުގެ 12 ވަނަ ދުވަހު އުސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އައްޔަނުކުރުން pic.twitter.com/iepye4NagN
— Privatization & Corporatization Board (@pcb_gov) April 14, 2026
ފަހުމީ ވަނީ މި ދައުރުގެ ތެރޭގައި ސްޓޭލްކޯގެ މެނޭޖިން ޑިރެކްޓަރކަމުގެ މަޤާމު އަދާކުރައްވާފައެވެ.
އަދި އެ ކުންފުންޏަށް 27 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ.
ސްޓެލްކޯގައި 27 އަހަރު ހިދުމަތް ކުރެއްވިފަހުން ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވެ، ނޮވެމްބަރު 2023 ގައެވެ.




