ކަނޑުމަތީގައި ހާލުދެރަވި ބަލިމީހަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ޕެނަމާއިން ސީޝެލްސްއަށް ދަތުރުކުރަމުން ދިޔަ އެމްއެސްސީ މެގްނިފިކާ ނަމަކަށް ކިޔާ ފަސިންޖަރ ލައިނަކުން ދަތުރުކުރި ފަސިންޖަރަކު ބަލިހާލު ބޮޑުވެ އެހީތެރިކަމަކަށް އެދުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިގޮތުން އުމުރުން 78 އަހަރުގެ ފްރާންސް ރައްޔިތެއްގެ ހާލުދެރަވެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް އެހީތެރިކަމަށް އެދިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.







