މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް، ކަނޑައަޅައިފި އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނީ، ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިން އިން ކަމަށާއި، އަދި އަނެއް 50 އިންސައްތަ މީހުން ގެންދާނީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައި ކަމަށެވެ. ރާއްޖޭއިން ޙައްޖަށްދާ މީހުން ގެންދިއުމަށް ހަތަރު ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ރާއްޖޭގެ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް އެފަރާތްތަކާއި ހިއްސާކުރަމުން ގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ތާރީޚުތައް:
- ފްލައިޓް 1 : 15 މޭ ( 242 މީހުން)
- ފްލައިޓް 2 : 17 މޭ ( 250 މީހުން)
- ފްލައިޓް 3 : 18 މޭ ( 243 މީހުން)
- ފްލައިޓް 4 : 19 މޭ ( 250 މީހުން)
ސައުދީ އެއާލައިންގެ ދަތުރުތައް ކުރާނީ މެއި 15 އަދި 18 ވަނަ ދުވަހު އެވެ. އަދި މެއި 17 އަދި 19 ވަނަ ދުވަހުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން ފްލައިޓްގަ އެވެ.
ޙައްޖާޖީން ރާއްޖެ އެނބުރި އަންނަ ތާރީޚުތައް:
- ފްލައިޓް 1 : 5 ޖޫން ( 242 މީހުން)
- ފްލައިޓް 2 : 7 ޖޫން ( 250 މީހުން)
- ފްލައިޓް 3 : 8 ޖޫން ( 243 މީހުން)
- ފްލައިޓް 4 : 9 ޖޫން ( 250 މީހުން)
މޯލްޑިވިއަންގެ ފްލައިޓް ދަތުރުކުރާނީ ޖޫން 7 އަދި 9 ގަ އެވެ. ޖޫން 5 އަދި 8 ގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިންގެ ފްލައިޓްގަ އެވެ.




