ގދ. ހޯނޑެއްދޫ ޞިއްޙީ މަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި އާރުޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ރިފާޢީ ބުޝްރީ އެވެ.
މި މަޝްރުޢޫގެ ދަށުން ނާސް ސްޓޭޝަނަކާއި، 04 އެނދުގެ ޑް، ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ ޤާއިމުކުރެވިގެންދާނެ އެވެ. ހަމަމިއާއެކު، ޕަބްލިކް ހެލްތު ޔުނިޓާއި މީޓީންގ ހޯލް، ސްޓޯ ރޫމްގެ އިތުރަށް ލޯންޑްރީވެސް އިތުރުކުރެވިގެންދާނެ އެެވެ.
ޖުމްލު 365 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރުޢޫގެ އަގަކީ 8.1 މިލިއަން ރުފިޔާ އެވެ.






