މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ހެންވޭރު ފެރީ ޓަރމިނަލުން ރަސްމީ ފާލަމާ ދެމެދު ބަހައްޓާފައިވާ ތަކެތި ހެނދުނު 6:00 ގެ ކުރިން ނަގަން އަންގައިފިއެވެ.
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ހެދުމުގެ ޢަމަލީ މަސައްކަތް 23 މާރިޗު 2026 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައިވާ ތަކެތި 23 މާރިޗު 2026ގެ ހެނދުނު 6:00 ގެ ކުރިން ނެގުމަށް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.
އަދި މި ތާރީޚުގެ ފަހުން މަގުގައި ބަހައްޓާފައިވާ ތަކެތި އެ ވުޒާރާގެ ފަރާތުން ނަގާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.







