އުމުރުން ދުވަސްވީ މީހަކު އަތުން ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭ މިރިޔާސް މަގުން ހިނގާފައި ދިޔަ 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މިހަކު ހިފަހައްޓާފައިވާ ކަމަށް މިއަދު 20:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.






