ގިނަ ބައެއްގެ ޝައުޤުވެރިކަން އަމާޒުވެފައިވާ ދިރާގުގެ ގުޑިފެސްޓް އަންނަ ބުރާސްފަތި ދުވަހު އދ. ދަނގެތީގައި ބޭއްވުމަށް ނިންމައިފިއެވެ.
މިގޮތުން ދިރާގުން ހާމަކޮށްފައިވާ ގޮތުގައި ގުޑިފެސްޓް އޮންނާނީ މާރިޗު 19 ވަނަ ދުވަހުގެ 17:00 އިން 18:00 އަށް ދަނގެތީ ބަނދަރުގައެވެ.
Dhiraagu #GudiFest is coming to Alif Dhaal. Dhangethi! 🪁
ㅤ
Join us this Thursday, 19 March at Dhangethi Harbour and receive a FREE Gudi. Come and enjoy this special Ramadan tradition with us. 🧡
ㅤ#DhiraaguGudiFest #Ramadan2026 #Dhiraagu pic.twitter.com/5BUWRdT6oG— Dhiraagu (@Dhiraagu) March 16, 2026
އަދި ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ގުޑިފެސްޓްގައި ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.
ދިރާގު ގުޑިފެސްޓަކީ ރަމަޟާން މަހުގެ ހަވީރު ގުޑި އުދުހުމުގެ ސަގާފަތުގައި ކުޑަކުދިން ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ. 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް ހަރަކާތް ބޭއްވީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.





