600 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ.
އިމިގްރޭޝަނުން ބުނީ "އެމްއެސް ސައިރީނާ" ނަމަކަށް ކިޔާ ކްރޫޒްލައިނާއިން ރާއްޖެ އައި 609 ފަސިންޖަރުންނަށާއި 389 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ.
Seaport Division officers successfully facilitated en-route immigration clearance for 609 passengers and 389 crew members aboard MS Sirena, which arrived today in Malé from Mumbai. pic.twitter.com/eqezcCd6uy
— Maldives Immigration (@ImmigrationMV) March 14, 2026
އިންޑިއާގެ މުމްބާއީ އިން ރާއްޖެ އައި މި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އައިސްފައިވަނީ މިއަދެވެ.
ރާއްޖެއަކީ ކްރޫޒްލައިނާތަކުގެ މެދުގައި މަޤުބޫލު މަންޒިލެއް ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށްވެސް ކްރޫޒްލައިނާތަކުން ރާއްޖެއަށް 14،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.






