ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު، ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ވަނީ ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް ތިން ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާތީ، އެ ގެތަކަށް ސިފައިން ގޮސް، އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަނީ ހަަރަކާތްތެރިވެފައެވެ.
އައްޑޫ ސިޓީގެ ބައެއް ގެތަކުގެ ފުރާޅު ވަޔާ އެއްލާލައިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިhttps://t.co/9Zrpt51QN4 pic.twitter.com/VPBCXmSFRf
— Maldives National Defence Force (@MNDF_Official) December 31, 2025
އެގޮތުން ރޭ 23:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް، އަދި މިއަދު ހެނދުނު 07:20 ހާއިރު ހިތަދޫ ބިންމާގެއާއި 07:40 ހާއިރު މަރަދޫ އެމަރލްޑް ގޭގެ އަދި 08:00 ހާއިރު މީދޫ މޫންޝެޑޯ ގޭގެ ފުރާޅު އެއްލާލައިގެން ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.




