ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެކަމަނާ އަވަހާރަވީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވީކަން އެކަމަނާގެ ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އާއި ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ.
ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި އޭނާ އަވަހާރަވީއިރު އެންމެފަހުން ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުންނެވެ.
My deepest condolences to the Government and the people of Bangladesh as the country mourns the loss of its first female Prime Minister, Begum Khaleda Zia.
At this time of immense grief, may Almighty Allah grant strength and patience to the members of her bereaved family.…
— Dr Mohamed Muizzu (@MMuizzu) December 30, 2025
ޚާލިދާ ޒިޔާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވަނީ ތަޢުޒިޔާ ދަންންވާފައެވެ.




