އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް" މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާއެއް ޤާއިމުކުރުމުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް މި ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
Under the Strengthening Gender Inclusive Initiatives project funded by the Asian Development Bank, a contract has been awarded to Central Line Pvt Ltd for the construction of a shelter in Hithadhoo, Addu City.
The facility will provide temporary accommodation and essential… pic.twitter.com/ae9WLtADB2— Ministry of Social and Family Development (@MSFDmv) December 1, 2025
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މައުލޫމާތުދޭގޮތުގައި މި ހިޔާގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމުގެ އިތުރުން ގާނޫނީ އެހީތެރިކަމާއި ކައުންސިލިންގެ ޚިދުމަތްތައް ވެސް ފޯރުކޮށްދެވިގެން ދާނެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ހުޅުމާލެ އަދި ރ.އުނގޫފާރުގައި ވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.
މި ވަގުތީ ހިޔާތައް ޤާއިމުކުރެވުމުން، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރަށް ބާރު އެޅިގެންދާނެއެވެ.




