ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ "އިނޮވޭޓިވް ހަބް" އަދި ސްޕާކްހަބްއާއި ގުޅިގެން ޕިޗް ވޯކްޝޮޕެއް ބާއްވައިފިއެވެ.
މި ވޯކްޝޮޕަކީ އެމް.އެން.ޔޫ އިނޮވޭޓިވް ހަބްގައި ބައިވެރިވާ ދަރިވަރުންނަށް ޚާއްސަކޮށް ބޭއްވުނު ވޯކްޝޮޕެކެވެ. އިނޮވޭޓިވް ހަބް އަކީ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ކުރިއެރުމަށް އަމާޒުކޮށް ފުރުތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޔުނިވާސިޓީއެއްގައި ޤާއިމުކުރެވިފައިވާ އިންކިއުބޭޓަރއެކެވެ. އެގޮތުން، އެކި ފެކަލްޓީގެ ފަރާތުން އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ދަރިވަރުން ވަނީ މި ވޯކްޝޮޕްގައި ބައިވެރިވެފައެވެ.
ސްޕާކްހަބްއާއި ގުޅިގެން ބޭއްވުނު މި ވޯކްޝޮޕްގައި، ދަރިވަރުންގެ ފަރާތުން ވިޔަފާރިއާއި ގުޅޭ ތަފާތު ޚިޔާލުތައް ހިއްސާކުރުމާއި އުފެއްދުންތެރި އެތަށް މަޢުލޫތަކަކާއި ގުޅިގެން ވަނީ މަޝްވަރާކުރެވިފައެވެ.





