ލ. ހިތަދޫގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މާވަށުގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މާވަށުގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމްގެ އިތުރުން ލ. ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްޢޫންއެވެ.
މި މަޝްރޫޢު ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.
މީގެ އިތުރުން މިއަދު ވަނީ ހިތަދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ވޮލީ ކޯޓު އެޅުމުގެ ބިންގާ އަޅާފައެވެ. މި އިމާރާތުގެ ބިންގާ އެޅީ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ.
ހަމަމިއާއި އެކު މިއަދު ހިތަދޫގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުވެސް ވަނީ ބާއްވާފައެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް އެވެ.
މީގެ އިތުރުންވެސް ގިނަ މަޝްރޫޢުތަކެއްގައި މިއަދު ވަނީ ސޮއިކޮށް އަމަލީ މަސައްކަތް ފަށާފައެވެ.