ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ.
މިތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ. މިގޮތުން ކަސްޓަމްސް އިން މިއަދު ނައްތާލާފައިވަނީ 3،183،040 ސިނގިރޭޓު ސްޓިކް ނުވަތަ 199 ކޭސް ސިނގިރޭޓެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފި.
މިތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ.ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި. pic.twitter.com/SfVpjMD9Z4— Maldives Customs Service (@CustomsMv) October 19, 2025
ކަސްޓަމްސް އިން ގިނަ އަދަދެއްގެ ސިނގިރޭޓު މިއަދު ނައްތާލާފައިވާއިރު، ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެމްޕީއެލްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މި މައްސަލައާ ގުޅިގެން އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނެއެވެ.