ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. މާމިގިލީގައި ގާއިމުކުރި ފަޔާ ސްޓޭޝަން ހުޅުއްވައި ދެއްވައިފިއެވެ.
މާމިގިލީގައި ހުޅުވާ ފަޔާ ސްޓޭޝަންގެ ސަބަބުން އަލިފާނުގެ ހިދުމަތަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މާމިގިލީގައި ގާއިމުކުރި ފަޔާ ސްޓޭޝަން ހުޅުއްވައި ދެއްވުމަށް ފަހު، ރައީސް ވަނީ އެ ފަޔާ ސްޓޭޝަން ބައްލަވާލައްވައިފައެވެ. އަދި އެ ތަނުގައި އެމަނިކުފާނު ވަނީ ގަހެއް އިންދަވައިފައެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ސިފައިންގެ ތަރައްގީއަށް، ހާއްސަކޮށް ފަޔާ އެންޑް ރެސްކިއުގެ ހިދުމަތް ފުޅާ ކުރެއްވުމަށް ކުރައްވާ އަގުހުރި މަސައްކަތުގެ ތެރެއިން މާމިގިލީގައި ހުޅުވި ފަޔާ ސްޓޭޝަނަކީ މާލެ އޭރިއާ ސަރަހައްދުގައި ހުޅުވާ ހަ ވަނަ ފަޔާ ސްޓޭޝަނެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މި ފަޔާ ސްޓޭޝަން ހުޅުވުމާއެކުގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ފަޔާ ސްޓޭޝަންގެ އަދަދު 15 އަށް އިތުރުވެގެންދާނެއެވެ.





