ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން އޮތީ ބުރާސްފަތި ދުވަހު އާރުޑީސީގައެވެ.
A meeting was held between MSFD and RDC to discuss employment opportunities for persons with disabilities, people without financial stability, and those under state care.#TeamRDC pic.twitter.com/OzwfA8UJDB
— Road Development Corporation Ltd (@rdcmaldives) October 2, 2025
އާރުޑީސީން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، މާލީ ތަނަވަސްކަން ނެތް ފަރާތްތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މީގެ ކުރިންވެސް އާރުޑީސީއާއި އިޖުތިމާޢީ ވުޒާރާއާ ގުޅިގެން ވަނީ އިންޓަރންޝިޕް ޕުރޮގުރާމެއްވެސް ކުރިއަށްގެންގޮސްފައެވެ.






