ނެޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓަޖީ އިފްތިތާހުކޮށްފި.
ޞިއްޙީ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ސްޓްރެޓަޖީ އިފްތިތާހްކޮށްދެއްވީ ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު ސާރވިސަސް ޑރ. އަހްމަދު އަޝްރަފް އެވެ. މި ހަފްލާގައި ޞިއްޙީ ވުޒާރާ އަދި ޑަބްލިއުއެޗްއޯ ގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
Highlights from the launching ceremony of the National Suicide Prevention Strategy, a significant step in strengthening systems, services, and communities to save lives. pic.twitter.com/rjtGwQv6Pb
— National Mental Health Department (@nmhdmv) October 2, 2025
މި ސްޓްރެޓެޖީގެ މަޤްސަދަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ޢަމަލުތައް ހުއްޓުވުމަށް ސިޔާސަތުތައް ބައްޓަންކުރުމާއި، އިޖްތިމާޢީ ހުނަރުތައް ދަސްކޮށްދިނުމާއި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްކުރުމާއި ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ދެނެގަތުމާއި ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުމެވެ. މީގެއިތުރުން ޑިޖިޓަލް އަދި މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމާއި އަދި ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުމަށް މި ސްޓްރެޓެޖީ ތެރެއިން އެހީތެރިވެދޭނެ އެވެ.
ރާއްޖޭގެ ތަފާތު ހިސާބުތަކަށް ބަލާލާއިރު ކޮންމެ 20 މީހަކުން އެކަކު، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ނުވަތަ އަމިއްލައަށް މަރުވުމުގެ ޚިޔާލު ހުންނަކަން ވަނީ ފާހަގަވެފައިވެއެވެ،






