ޞިއްޙީ ވުޒާރާގެ އިސްވެރިން ސަމިޓިވެޖް އިންޓަނޭޝަނަލް ޗިލްޑްރަންސް ހޮސްޕިޓަލުގެ ވަފުދާކާ ބައްދަލުކޮށްފި
ޞިއްޙީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގާ ދެފަރާތުން ގުޅިގެން ބޯން މެރޯ ޓްރާންސްޕްލާންޓް ޙިދުމަތް ދިވެހިރާއްޖޭގާ ދެވޭނެ ގޮތާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ. މީގެ އިތުރުން އޮންކޮލޮޖީ، ކާޑިއޯލޮޖީ އަދި ތެލަސީމީ ދާއިރާއިން ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ.
މީގެ އިތުރުން ދެފަރާތުން ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަ.
ސަމިޓިވެޖް އިންޓަނޭޝަނަލް ޗިލްޑްރަންސް ހޮސްޕިޓަަލަކީ ތައިލަންޑުގައި ފުޅާ ދާއިރާގައި ކުޑަކުދިންނަށް ޞިއްޙީ ހިދުމަތް ދެމުންދާ ޕްރައިވެޓް ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލަކީ 1979 ވަނަ އަަހަރުން ފެށިގެން ހިދުމަތް ދެމުންދާ ހޮސްޕިޓަލެކެވެ.






