ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ ޚިދުމަަތުން މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ. އަދި މި މައްސަލައާ ގުޅުންހުރި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.






