ތ.ގުރައިދޫ، ގާދިއްފުށި އަދި މަޑިފުށީ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިމަސައްކަތް ހަވާލުކުރީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެވެ.
ޞިއްޙީ ވުޒާރާގައި މިކަމަށް ޓަކާ ބޭއްވި ޙައްސާ ހަފްލާގައި، މިނިސްޓްރީގެ ފަރާތުން ސޮައިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި ވެމްކޯގެ ފަރާތުން ސޮައިކުރެއްވީ ޖެނެރަލް މެނޭޖަރ، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިންގ - އިސްމާޢިލް އުބައިދެވެ.
ތ.ގުރައިދޫ، ޞީއްހީ މަރުކަޒުގެ ޕްރޮޖެކްޓް އަކީ 32.8 މިލިއަން ރުފިޔާ އަށް 325 ދުވަސްތެރޭގައި ނިންމުމަށް ހަވާލޮށްފައިވާ ޕްރޮޖެކްޓެކެވެ. ގާދިއްފުށި ޕްރޮޖެކްޓް އަކީ 12.8 މިލިއަން ރުފިޔާ އަށް 325 ދުވަސްތެރޭގައި ނިންމުމަށް ހަވާލޮށްފައިވާ ޕްރޮޖެކްޓެކެވެ.އަދި މަޑިފުށީ ޕްރޮޖެކްޓް އަކީ 12.8 މިލިއަން ރުފިޔާ އަށް 325 ދުވަސްތެރޭގައި ނިންމުމަށް ހަވާލޮށްފައިވާ ޕްރޮޖެކްޓެކެވެ.





