ފ. ފީއަލީ އަދި ކުނބުރުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި.
މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓިސީސީ) އާއެވެ.
ޞިއްޙީ ވުޒާރާގައި މިކަމަށް ޓަކާ ބޭއްވި ޙައްސާ ހަފްލާގައި، މިނިސްޓްރީގެ ފަރާތުން ސޮައިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަޙުމަދު ގާސިމް އެވެ. އަދި އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދު އެވެ.
ފީއަލީ ޞިއްހީ މަރުކަޒުގެ މަސައްކަތަކީ 21.6 މިލިއަން ރުފިޔާ އަށް 360 ދުވަސްތެރޭގައި ނިންމުމަށް ހަވާލޮށްފައިވާ ޕްރޮޖެކްޓެެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެއިތުރުން އދ. ކުނބުރުދޫ ހެލްތު ސެންޓަރުގެ މަސައްކަތުގެ ޕްރޮޖެކްޓް އަކީ 8.2 މިލިއަން ރުފިޔާ އަށް 300 ދުވަސްތެރޭގައި ނިންމުމަށް ހަވާލޮށްފައިވާ ޕްރޮޖެކްޓެކެވެ.






