ފ ނިލަންދޫ ނަރުދަމާގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
ފ.ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް އަދި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރ އަބުދުލް މަތީން އެވެ.
ފ.ނިލަންދޫގައި ޤާއިމްކުރާ އައު ނަރުދަމާ ނިޒާމަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަގަކީ 69,680,093.29 ދިވެހި ރުފިޔާ އެވެ. އަދި މި މަޝްރޫޢުގެ މުއްދަތަކީ 720 ދުވަހެވެ.
މި މަޝްރޫޢުގެ މައިގަނޑު ސްކޯޕްގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މިއާއި ގުޅުން ހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.
މި މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ2023 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަާއެވެ. ފަހުން މި މަސައްކަތް އެމްޑަބްލިޔު އެސްސީއާއި ޙަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ނިލަންދޫ ނަރުދަމާ ނިޒާމް އިފްތިތާޙްކުރީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.





