އައްޑޫ ސިޓީގެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނާއި އައްޑޫ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައިވަނީ ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ، މިނިސްޓަރ މުޙައްމަދު އަމީން މިހާރު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މިނިސްޓަރ މުޙައްމަދު އަމީން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި އައްޑޫގައި ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ. މި ބައްދަލުވުމުގައި ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީއާއި ކައުންސިލާ… pic.twitter.com/n2ZSs1qIto
— Ministry of Transport and Civil Aviation (@MoTCAmv) September 17, 2025
މިއީ ބައްދަލުވުމުގައި އައްޑޫގައި ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އަދި ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވިއެވެ.
މި ލިޔުން ކިޔާލުމުން